ޖުމްހޫރީ ޕާޓީން މީހަކު އިސްތިއުފާދީގެން ޕާޓީގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މުޝީރު ހަސަން މުޣްނީ މިއަދު ވިދާޅުވެއްޖެއެވެ.

މުޣްނީ މިހެން ވިދާޅުވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަހްމަދު (ހަނަފީ) ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވުމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މުޝީރު ހަސަން މުޣްނީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގައި ހުރި ބޭފުޅެއް އިސްތިއުފާދިނުމަކުން ޖުމްހޫރީ ޕާޓީގެ އަޒުމަކަށް ބަދަލެއް ނާންނާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ތެރެއިން އެ މަޤާމުތައް ފުރާނެ މީހުން ވަރަށް ގިނަކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.



މުޣްނީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރެއިން އިސްތިއުފާދިން މަޤާމުތައް ފުރާނެ މީހުން ވަރަށް ގިނަކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ކޯލިޝަން ސަރުކާރެއްގައި އެ މަޤާމުތައް ދޭނެ މީޙުންވެސް ވަރަށް ގިނަކަމަށް މުޣްނީ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނަފީ އިސްތިއުފާދެއްވީ ރިޔާސީ އިންތިހާބަށް ޖޭޕީން ނިންމާފައިވާ ނިންމުމާ މެދު ހިތްހަމަޖެހިވަޑައި ނުގަންވާތީއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ވަކިވެ ވަޑައިގެންނެވި ހަނަފީ ވަނީ އެންމެފަހުން ބޭއްވި ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ޑެޕިއުޓީ ލީޑަރގެ މަޤާމަށްވެސް ވާދަކުރަށްވާފައެވެ. ނަމަވެސް އޭނާ ވަނީ އިންތިހާބުން ބަލިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު