އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަހްމަދު (ހަނަފީ) ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

ހަނަފީ ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންނެވިއިރު އޭނާ ވަނީ އިއްޔެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނަފީ އިސްތިއުފާދެއްވީ ރިޔާސީ އިންތިހާބަށް ޖޭޕީން ނިންމާފައިވާ ނިންމުމާ މެދު ހިތްހަމަޖެހިވަޑައި ނުގަންވާތީއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ވަކިވެ ވަޑައިގެންނެވި ހަނަފީ ވަނީ އެންމެފަހުން ބޭއްވި ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ޑެޕިއުޓީ ލީޑަރގެ މަޤާމަށްވެސް ވާދަކުރަށްވާފައެވެ. ނަމަވެސް އޭނާ ވަނީ އިންތިހާބުން ބަލިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު