ކުންފުނިތައް ހިންގަނީ އުސޫލުތަކުގެ ތެރެއިންތޯ ސަރުކާރުން ޤަވާއިދުން ބަލަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ކޯޕަރޭޓް ގަވަނަންސްގެ އުސޫލާއި އެއްގޮތަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރާ ގޮތް ބެލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.
މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލުގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް ކުންފުނިތަކުން ޢަމަލުކުރަމުންދާ މިންވަރު ބެލުމަށްޓަކައި ބަލާ މިންގަނޑާއި ޤަވައިދުގެ ތަފްޞީލާއި ގުޅޭގޮތުންނެވެ.
މިނިސްޓަރ އަމީރު ލިޔުމުން އެ ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވީ ކޯޕަރޭޓް ގަވަނަންސް އުސޫލަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރަމުންދާ އުސޫލަކީ މުޅި ކޯޑުގައި އަމަލުކުރާ ކަންތައްތަކަށް ބެލުންކަމަށެވެ. އަދި މި ކޯޑަކީ "ކޮންފްލަޔަރ އޯ އެކްސްޕްލެއިން" އުސޫލުން އަމަލުކުރުމަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިނެއްކަމަށާއި ކުންފުނިތަކުން ގައިޑްލައިންނަށް އަމަލުކުރަމުންދާ ގޮތް މިނިސްޓްރީން ގަވާއިދުން ބަލަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މި ގައިޑްލައިނަށް އަމަލުކުރަމުންދާ މިންވަރު ބަލާ ކޮންމެ އަހަރަކު 1 ފަހަރު ކޯޕަރޭޓް ގަވަނަންސް ރިވިއު ރިޕޯޓެއް ތައްޔާރުކޮށް މި މިނިސްޓްރީގެ ވެބްސައިޓްގައި ޕަބްލިޝްކުރެވެއެވެ." އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި މިހާތަނަށް 32 ކުންފުނި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު