ރަައްޔިތުންގެ ލާބައާއި މަންފާއަށް މިއަށްވުރެ ބޮޑަށް މަސައްކަތް ކުރި ސަރުކާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ރައީސް ސާލިޙުގެ ސަރުކާރަށްވުރެ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް މަސަައްކަތް ކުރި ސަރުކާރެެއް ނެތް ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި ކުރިއަށް އޮތްތާގަައި ވެސް ރައްޔިތުންގެ ހެވާ ލާބަޔަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ރައްޔިތަކަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރާކަށް މި މަޖިލީހުގައި މި ސަރުކާރު ތަމްސީލްކުރާ މެމްބަރުން ވެސް މަސައްކަތެއް ނުކުރާނެ އަދި އަމުދުން ރައީސުލްޖުމުހޫރިއްޔާ ވެސް އެ މަސައްކަތެއް ނުކުރަށްވާނެ،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ ރަައްޔިތުންގެ ހެވާ ލާބަޔަށް ކުރާ އެއްވެސް ކަމެއް މި ސަރުކާރުން ހުއްޓުވަން ނޫޅޭ ކަމަށާއި އެކަން ނުވެސް ކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން މީގެ ކުރިން ވެސް މަސައްކަތް ކުރީ އެގޮތުގައި ކަމަށް ޣަފޫރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީކަންކަމުގައި ވާހަކަ ދެކެވެން ޖެހޭނެ ކަމަށާއި ރަނގަޅު ބަދަލުތައް އަންނަންޖެހޭނެ ކަމަށެވެ. އަދި އަބަދުވެސް ކަންކަން ކުރަންޖެހޭނީ ރައްޔިތުންގެ ހެވާ ލާބަޔަށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.



"ޚިޔާލާ ފިކުރު ތަފާތުވެ އަމިއްލައަށް ބޭނުންވާ ކަންކަން ނުވާ ހިސާބަށް ދިޔައީމާ ދެން ހުރިހާ ކަމެއް ވެސް ގޯސްވާނެ، މިހާތަނަށް މިދިޔަ މުއްދަތުގައި ރައްޔިތުންނަށް އެނގޭނެ ރައްޔިތުންގެ ހައްގުތަކާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދުމުގައި ސަރުކާރުން ކޮށްދީފަައިވާ މަސައްކަތް. އެމަސައްކަތް ރައީސް ސާލިޙު ވެރިކަމުގައި ހުރިހާ ދުވަހަކު ދެމި އޮންނާނެ." ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު