މިންތީގެ ތަފާތުތައް ނައްތައިލުމުގައި އެމްޓީސީސީން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ރޭ ބޭއްވި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރޭގެ ޖަލްސާގައި މިއަހަރުގެ ރެހެންދި އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވާއިރު، އެމްޓީސީސީންވެސް ވަނީ އެވޯޑް ހާސިލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްޓީސީސީގެ ފަރާތުން ކުރަމުން އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަމަށެވެ. އަދި އަންހެނުންނަށް ނުކުރެވޭނެކަމެއް ނޯންނާނެކަން އެމްޓީސީސީން ސާބިތުކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިރޭ ރެހެންދި އެވޯޑް ޙާޞިލުކުރި އެމް.ޓީ.ސީ.ސީއަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން. ޙަޤީޤަތުގައިވެސް އަންހެނުން ބާރުވެރިކުރުމުގައި، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ކުރަމުން އެ އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއް. ފިރިހެނުންނަށް ނޫނީ އަދާނުކުރެވޭނެ ކަމަށް، ކުރިން ޤަބޫލުކުރަމުން އައި ކިތަންމެ ދާއިރާއަކަށް އެތައް އަންހެނުންނެއް ނެރެދީފި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމް.ޓީ.ސީ.ސީން ހުނަރާއި މަސައްކަތުގެ ދާއިރާއިން މިންތީ ތަފާތުތައް ނައްތައިލުމުގައި،ނަމޫނާ ދައުރެއް އަދާކުރަމުންދާކަމަށެވެ.
"ބަސް ޑްރައިވަރުންގެ ގޮތުގައި އަންހެނަކު ފެނިދާނެ ކަމަށް، މީގެ ކުރިން ގިނަ ބަޔަކު ޤަބޫލެއް ނުކުރޭ. އަދި ލޯންޗް ކެޕްޓަނުންގެ ވަޒީފާގައި އަންހެނުންނަށް އުޅެވޭނެ ކަމަކަށް ވެސް ގިނަ ބަޔަކު ކުރިއަކުންނެއް ޤަބޫލެއް ނުކުރޭ. ނަމަވެސް، ޙަޤީޤަތަކީ އެއީ ނޫންކަން އެމް.ޓީ.ސީ.ސީ.ން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށްދީފި. ހުނަރާއި މަސައްކަތުގެ ދާއިރާއިން މިންތީ ތަފާތުތައް ނައްތައިލުމުގައި، އެ ކުންފުނިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމްޓީސީސީން މިންތީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާދަމް ޢާޒިމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށާއި، ހީވާގި ހިންގުންތެރިންނަށް، އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު