ރައީސުލްޖުމްހޫރިއްޔާގެ މޮޓޯ ކޭޑަށް ހުރަސް އެޅީ ޕީޕީއެމުން ރާވައިގެންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗު ކައިރިން ރައީސްގެ މޮޓޯކޭޑް ރޭ ދަތުރުކުރަމުންދަނިކޮށް، އެ މޮޓޯކޭޑަށް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ހުރަސްއެޅި މައްސަލައާ ގުޅިގެންނެވެ. އެވަގުތު މުޒާހަރާ ކުރަމުން ދިޔަ ޕީޕީއެމްގެ މެމްބަރުން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސްގެ މޮޓޯކޭޑް އަނބުރާލައިފައި އައި ކޮޅަށް ދިޔައީއެވެ.
ޝަރީފް ވިދާޅުވީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ޕީޕީއެމުން ރާވައިގެންކަމަށެވެ. ޝަރީފް ވިދާޅުވީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމަކީ ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން ފެނިގެންވާނެކަމެއް ނޫންކަމަށެވެ. އަދި މުޒާހަރާކުރުމުގެ ނަމުގައި ހިންގާ ހަމަނުޖެހުންތައް ހުއްޓުވަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ޕީޕިއެމްގެ މެންބަރުން ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސް ދަތުރުފުޅު ކުރެެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެެއްވީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. ވީޑިއޯއިން ފެންނަގޮތުގައި ރައީސް ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކޭޑް ކުރިއަށް ދިޔަ ނުދީ ހުރަސް އަޅާފައެވެ.
މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވާއިރު އެމީހުން ފަހަތަށް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީންނާއި ހަތިޔާރު އެޅި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާކުރަމުންނެެވެ. އެ މުޒާހަރާތަކުން ހައްޔަރުކުރާ ގިނަ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައެވެ.

Sulha veri muzaahiraa eh noon RJ ge motorcade ah hamalaa dhinumakee. Muzaahiraa kurumuge namuga meehun ge gayah bolah erumakee. Magumathee ge amaan kan nagaalumakee. Mikan huttuvan jehey. Aamu rayyithunnah hingaabigaa ulheven jehey
— Ibrahim Shareef (@AdduShareef) March 20, 2023
އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ޕީޕިއެމްގެ މެންބަރުން ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސް ދަތުރުފުޅު ކުރެެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެެއްވީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. ވީޑިއޯއިން ފެންނަގޮތުގައި ރައީސް ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކޭޑް ކުރިއަށް ދިޔަ ނުދީ ހުރަސް އަޅާފައެވެ.
މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވާއިރު އެމީހުން ފަހަތަށް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީންނާއި ހަތިޔާރު އެޅި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާކުރަމުންނެެވެ. އެ މުޒާހަރާތަކުން ހައްޔަރުކުރާ ގިނަ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައެވެ.
ކިޔުންތެރިންގެ ހިޔާލު