ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދަނގެތި ދާއިރާގެ ރައީސްކަމުން އިސްތިއުފާދެއްވި އަބްދުﷲ ރަޝީދު (އަވަސްއަބުޅޯ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފިއެވެ.

އަބުދުﷲ ރަޝީދު އެމްޑީޕީގެ ދާއިރާގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވަނީ ޑިމޮކްރެޓިކް ހަމަތަކާ ބީރަށްޓެރި ސިފަތަކެއް އެޕާޓީން ފެންނަމުންދާ ކަމަށް ވިދާޅުވެ މީގެ ދުވަސްކޮޅެެއް ކުރިންނެވެެ. ރަޝީދު ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިއަދުގެ ވަގުތެެއްގައެވެ. އޭނާ އެ ޕާޓީއަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ލީޑަރު ގާސިމް އިބްރާހިމެެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އަބުދުﷲ ރަޝީދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި އެހަމަތަކާއި އުސޫލުގެމަތިން މިހާތަނަށް ހިންގަމުންދިޔަ ހަރުދަނާ އެއްބައިވަންތަ ޕާޓީއެއް ކަމަށާއި ނަމަވެސް މިއަދު ޕާޓީތެރެއިން ޑިމޮކްރެޓިކް ހަމަތަކާއި ބީރައްޓެހި ސިފަތަކެއް ފެންނަން ފަށާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށް ހަރުދަނާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ ކެންޑިޑޭޓާއެކު ރިޔާސީ އިންތިޙާބަށް ނުކުންނެވުމަށް ބައިއަތު ހިއްޕަވާފައި ނުވާއިރު، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީއާ ފެޔަށް ޖެހެމުންދާކަން ވެސް ސިޓީގަައިވެއެވެ. އޭނާ އިސްތިއުފާދެއްވަން ނިންމެވީ ކަންކަން އެމަގުން ހުރުމުން ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު