ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި މާހެފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ހަފްލާ އޮތީ މިއަދު އިސްކަންދަރު ކޮށީގައެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ތަހުނިޔާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް އަރިސްކުރެއްވިއެވެ. އަދި ރަމަޟާންމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމާއި ބައެއް ފަރާތްތަކުންކުރާ ނޭދެވޭ ބައެއް އަމަލުތައް އިތުރުވެގެންދާ ވަގުތުތަކަށް ފުލުހުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ.
އޭގެ އިތުރުން، މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ގާނޫނު ތަންފީޒުކޮށް ގާނޫނާ އެއްގޮތަށް އަމަލުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ނައިބް ރައީސް ފައިސަލް ނަސީމް، އަދި ކޮަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު