ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭން ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ފަށައިފިއެވެ.

މިގޮތުން އެމްޑީޕީން މިދާއިރާއަށް ކުރިމަތިލުމަށް އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހިމް ޝާޒްއާއި މިނިސްޓަރުންގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ޕާޓީގެ ވަފްދެއް އެދާއިރާގެ 3 ރަށަށް މިއަދު ދަތުރުކުރާނެކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ މިދަތުރުގައި މިދާއިރާގެ 3 ރަށުގެ ކެމްޕޭނު ޓީމުތަކާއި ރައްޔިތުންނާ ބައްދަލުކޮށް ދޮރުން ދުރަށް ހިނގާ ކެމްޕޭނު ކުރިއަށް ގެންދާނެކަމަށެވެ.



އެމްޑީޕީގެ ސަރުކާރުގެ މި 4 އަހަރުތެރޭގައި މިދާއިރާގެ 3 ރަށުގައި ވަނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގާފައެވެ. އޭގެ ތެރޭގައި ގުޅީގައި ފެނާ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެންޑް ފަދަ މަޝްރޫއުތައް ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން އޮންނާނީ އޭޕްރިލް މަހުގެ 15 ވާ ހޮނިހިރު ދުވަހެއެވެ.



ކިޔުންތެރިންގެ ހިޔާލު