ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަލަފް ޖަމިއްޔާއާއި ބައްދަލުކުރަށްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެޕާޓީގެ ލީޑަޝިޕުގެ އިސްބޭފުޅުން ސަލަފް ޖަމިއްޔާގެ ބޭފުޅުންނާއި ބައްދަލުކުރެއްވީ އެޖަމިއްޔާގެ އޮފީހުގައެެވެ. މިއަދު ހަވީރު ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަލަފްގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި އެޖަމިއްޔާގެ ދީނީ އިލްމްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަލަފު ޖަމިއްޔާއިން ބުނީ ޖުމްހޫރީ ޕާޓީގެ އެދުމަކަށް އެޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމާއި އެ ޕާޓިގެ އިސްވެރިން މިއަދު ޖަމްޢިއްޔަތުއް ސަލަފުގެ އޮފީހުގައި ބައްދަލުކުރަށްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތަފްސީލް ޖުމުހޫރީ ޕާޓީއާއި ސަލަފުން އަދި ހާމައެއް ނުކުރެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖުމުހޫރީ ޕާޓީން ނިންމާފަައިވާއިރު މިއަދުގެ ވަގުތެއްގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ، މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެޕާޓީގެ ލީޑާޝިޕާ ބައްދަލުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ އެދިލެއްވުމަކަށް އެޕާޓީގެ ލީޑަރ އޮނަރަބަލް އަލްފާޟިލް ޤާސިމް އިބްރާހީމް އާއި ޕާޓިގެ އިސްވެރިން ، ޖަމްޢިއްޔަތުއް ސަލަފާއެކު މިއަދު ޖަމްޢިއްޔަތުއް ސަލަފުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. pic.twitter.com/Rqj7uktJU7
— 𝐉𝐀𝐌𝐈𝐘𝐘𝐀𝐓𝐇 𝐒𝐀𝐋𝐀𝐅 (@JAMIYYATHSALAF) March 20, 2023
ސަލަފު ޖަމިއްޔާއިން ބުނީ ޖުމްހޫރީ ޕާޓީގެ އެދުމަކަށް އެޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމާއި އެ ޕާޓިގެ އިސްވެރިން މިއަދު ޖަމްޢިއްޔަތުއް ސަލަފުގެ އޮފީހުގައި ބައްދަލުކުރަށްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތަފްސީލް ޖުމުހޫރީ ޕާޓީއާއި ސަލަފުން އަދި ހާމައެއް ނުކުރެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖުމުހޫރީ ޕާޓީން ނިންމާފަައިވާއިރު މިއަދުގެ ވަގުތެއްގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ، މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެޕާޓީގެ ލީޑާޝިޕާ ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު