މިއަހަރުގެ ރަމަޟާންމަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އާދައިގެ ހަނޑުލުން ނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫނަމަ 84 ރުފިޔާ، ރަތް ހަނޑޫނަމަ 99 ރުފިޔާ، ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 84 ރުފިޔާ، ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 100 ރުފިޔާ، ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 125 ރުފިޔާ، އާދައިގެ ފުށްނަމަ 12 ރުފިޔާ އަދި އާޓާ ފުށްނަމަ 75 ރުފިޔާއެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27ވަނަ ދުވަހާއިހަމައަށެވެ.
މިނިސްޓްރީން ބުނީ ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިންކަމަށާއި މީގެތެރޭގައި އޮންލައިންކޮންނާއި، އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.
ޒަކާތް ދެއްކޭނެ ގޮތްތަކުގެ ތެރޭގައި ދިރާގު ޕޭ، އެމް ފައިސާ، އެމްއައިބީގެ ފައިސާ މޯބައިލް، ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަން އަދި ބަނޑޭރި ޕޯޓަލް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ލުއިފަސޭހަކުރުމަށް، އިސްލާމިކް މިނިސްޓްރީގައި ޑެސްކް ބަހައްޓައިގެން ޚިދުމަތް ދޭނެކަމަށެވެ.
ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ ރަށްރަށުގެ ކައުންސިލު ތަކުންނާއި ސިޓީ ކައުންސިލްތަކުންނެވެ.

1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދާ ގުޅޭ pic.twitter.com/zEExrYLsIB
— Ministry of Islamic Affairs (@MVIaffairs) March 20, 2023
ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27ވަނަ ދުވަހާއިހަމައަށެވެ.
މިނިސްޓްރީން ބުނީ ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިންކަމަށާއި މީގެތެރޭގައި އޮންލައިންކޮންނާއި، އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.
ޒަކާތް ދެއްކޭނެ ގޮތްތަކުގެ ތެރޭގައި ދިރާގު ޕޭ، އެމް ފައިސާ، އެމްއައިބީގެ ފައިސާ މޯބައިލް، ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަން އަދި ބަނޑޭރި ޕޯޓަލް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ލުއިފަސޭހަކުރުމަށް، އިސްލާމިކް މިނިސްޓްރީގައި ޑެސްކް ބަހައްޓައިގެން ޚިދުމަތް ދޭނެކަމަށެވެ.
ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ ރަށްރަށުގެ ކައުންސިލު ތަކުންނާއި ސިޓީ ކައުންސިލްތަކުންނެވެ.
ކިޔުންތެރިންގެ ހިޔާލު