އާންމު ކާބޯތަކެތީގެ އަގުތައް ބޮޑުނުކުރުމަށް އެސްޓީއޯއިން އެދިއްޖެއެވެ.
އެސްޓީއޯއިން މިކަމަށް އެދިފައި މިވަނީ ބައެއް ފަރާތްތަކުން ރޯދައާ ދިމާކޮށް ތަކެތީގެ އަގުތައް ބޮޑުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބާޒާރުގައި އަގުއުފުލިފައިވާ. ބާވަތްތަކުގެ ތެރޭގައި ލުނބޯވެސް ހިމެނެއެވެ. މިކަމާއި ގުޅިގެން އެސްޓީއޯއިން ވަނީ ލުނބޯ ޝިޕްމަންޓެއް މިހާރު ރާއްޖެ ގެނެސްފައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯއިން ލުނބޯ ޝިޕްމަންޓް އެތެރެކުރީ ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކައިކަމަށެެވެ. އަދި އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އަމްުރު ވަނީ އެދިވަޑައިގެންފައެވެ.
"ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކާ އެސްޓީއޯއިން ލުނބޯ އެތެރެކޮށްފިން. އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުމަށް އެންމެ ފަރާތްތަކުގެ ކިބައިން އެދެން." އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ދަނީ ބާޒާރުގައި އާއްމު ކާބޯތަކެތީގެ އަގު އުފުލުނަނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްޞަކޮށް ރޯދަމަހާއި ދިމާކޮށް އަގު އުފުލޭ ބާވަތްތަކުގެ މުދާ އެސްޓީއޯއިން ދަނީ ރާއްޖެއަށް އެތެރެކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު