ހއ. އަތޮޅުގައި ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދައުވަތު ދިނުމުން އެ ފޯރަމަށް އެޑިއުކޭޝަން މިނިސްޓަރ ވަޑައިނުގެންނެވިކަމަށް ބުނެ ދައްކާ ވާހަކަތައް އެކަމަނާ ދޮގުކުރައްވައިފިއެވެ.

ހއ. އަތޮޅުގައި ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދައުވަތު ދިނުމުން އެ ފޯރަމަށް އެޑިއުކޭޝަން މިނިސްޓަރ ވަޑައިނުގެންނެވިކަމަށް ބުނެ އެ ވާހަކަ ދައްކާފައިވަނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއުއެވެ.

ޝުޖާއު ވިދާޅުވީ ހއ.އަތޮޅު ކައުންސިލުން އިންތިޒާމްކުރެއްވި ޕްރިންސިޕަލް ފޯރަމަށް ކުރިއާލާ ދަޢުވަތު ދެއްވުމުން އާއިލީ ކަމަކަށް ބިޒީވިކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިކަމަށެވެ. ޝުޖާއު ވިދާޅުވީ އާއިލީ ކަމަކަށް ބިޒީވީކަމަށް ވިދާޅުވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރ އުޅުއްވަނީ ކެމްޕެއިންގައި ގުރައިދޫގައިކަމަށެވެ.



ޝުޖާއު ދެއްކެވި ވާހަކަތައް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ ދޮގުކުރައްވާފައެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ހއ.އަތޮޅު ކައުންސިލުން އިންތިޒާމްކުރެއްވި ޕްރިންސިޕަލް ފޯރަމަށް ކުރިއާލާ ދަޢުވަތު ދެއްވުމުން ވަޑައިނުގެންނެވި ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި އެފަދަ ދައުވަތެއް އެކަމަނާއަށް ލިބިވަޑައިގެންފައެއްވެސް ނުވާކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

މިނިސްްޓަރ އައިޝަތު އަލީ ވަނީ މިކަމާއި ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ނުަފެތުރުއްވުމަށް އެދިވަޑައިގަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު