މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރަށްވަމުން އެބަ ގެންދަވައެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ބައްދަލުކުރަށްވަމުން ގެންދަވަނީ ހ. ފުލިދޫގައެެވެ. މިއަދު މެންދުރު 1 ޖެހިއިރު ފެށި ބައްދަލުވުމުގެ ތަފްސީލެއް ހާމަކޮށްފައިނުވި ނަމަވެސް މިބައްދަލުވުމަކީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޖުމުހޫރީ ޕާޓީއާއި ރައީސް މައުމޫންގެ އެމްއާރުއެމް، ކޯލިޝަން ހެދުމާއިމެދު ގޮތެއް ނިއްމުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއްކަން "ރަަަސްއޮންލައިން" އަށް އެނގިފައިވެއެވެ.
އިންތިހާބާ ގުޅޭގޮތުން ގާސިމާއި މައުމޫން ބައްދަލުކުރައްވާއިރު، ޖޭޕީއާއި އެމްއާރުއެމަކީ މި ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީއެެވެ. އެހެން ނަަމަވެސް ޖުމްހޫރީ ޕާޓީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ. އެ ޕާޓީން މިހާރު ވަނީ ރިޔާސީ ޕްރައިމަރީއަށް ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު