ރާއްޖޭގެ ޑިމޮކްރަސީ ސްޓޭބަލް ކުރެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފުރުސަތު ދީގެން ކަމަށް އެޕާޓީގެ ނައިބު ލީޑަރ އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ނައިބް ލީޑަރ ސައުދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ތަޖުރިބާކާރު ވެރިއެއް ނުލިބޭނެ ކަމަށާއި އެފަދަ ވެރިއަކު ދެން ނުލިބޭނެ ކަމަށެވެ. ސައުދު ވިދާޅުވީ ގާސިމަކީ ރާއްޖޭގަަި ޑިމޮކްރަސީ އުފެއްދުމުގެ ފައުންޑަރ މެމްބަރެެެއް ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ސްޓޭބަލް ކުރެވޭނީ އެމަނިކުފާނަށް ރައްޔިތުން ފުރުސަތު ދީގެން ކަމަށް ސައުދު ވިދާޅުވިއެެވެ.

"އެހެންވީމަ މިވަރުގެ ބޭފުޅަކަށް މި ފުރުސަތުދީގެން ޑިމޮކްރަސީ ސްޓޭބަލްވާނީ. އަޅުގަނޑަށް ހީވަނީ މިއަދު މިދަނީ އެ މަގަށް ހެން. ރާއްޖޭގެ ޑިމްކޮރަސީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅާ ރާއްޖޭގެ ވެެރިކަމާއި ހަވާލުވެގެން ނިމުމަކަށް ގެނެސް މިކަން ހަމަޔަކަށް އަޅުވައިދޭނެ މީހަކަށް ވެގެންދާނީ އޮނަރަބަލް ގާސިމް އިބްރާހިމް،" އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރެއް ވެެރިކަމަށް ގެނައުމަށް އިސް ދައުރެއް އަދާކުރަށްވާފަަަައިވާ ގާސިމާއި ގުޅޭގޮތުން ސައުދު ވިދާޅުވިއެވެ.

ސައުދު މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ނިންމިއިރު ޖުމުހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެެވެ. ޖުމުހޫރީ ޕާޓީން މިހާރު ވަނީ އެޕާޓީގެ ޓިކެޓްގަައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގަަައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު