އިންޑިއާ ސަރުކާރުން އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލަށް ސިއްހީ ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

އިންޑިއާގެ ސަރުކާރުގެ ފަރާތުން އެ ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވަނީ ރަސްމީ ދަތުރުފުޅެެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސިއްހީ ސާމާނާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާއިން ހަދިޔާކުރީ އެކްސްރޭ މެޝިނަކާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނަކާއި އަލްޓްރާ ސައުންޑް މެޝިނެއް ކަމަށެވެ.

އިންޑިއާއިން މީގެކުރިން ވެސް ސެނެހިޔާ ހޮސްޕިޓަލަށް ސިއްހީ ސާމާނު ހަދިޔާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު