ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކުން ދައުލަތަށް 35 މިލިއަން ރުރިޔާގެ ގެއްލުންވެފަައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ސްޓެޓިކްއޮފިސަރު އާއިޝަތު މަނާލް ޚާލިދު ވިދާޅުވީ، އެކޮމިޝަނުން މިދިޔަ ތިން އަހަރު ތެތޭގައި 28 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އެމައްސަލަތައް ކޮމިޝަނުން ބެލިއިރު ދައުލަތަށް 35 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެމައްސަލަތައް ރައްދުވާ ކަމާބެހޭ އިދާރާތަކަށް އަންގާފަައިވާ ކަމަށް މަނާލް ވިދާޅުވިއެވެ.

އެގޮތުން ކޮރަޕްޝަންގެ އަމަލުތަކުން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ 35 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބިފައިވަނި 1.3 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ތެރޭގައި ހިމެނޭ 1.3 މިލިއަން ރުފިޔާގެ ތެރެއިން ދެލައްކަ ސާޅިސް އަށް ހާސް ހަސަތޭކަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ލާރި އަކީ 2022 ވަނަ އަހަރު ދައުލަތަށް އަނބުރާ ލިބުނު ލާރިކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މި އަދަދަކީ އެއް އަހަރެއްގެ ތެރޭގައި ރިކޯޑް ކޮށްފަައިވާ އެންމެ ގިނަ އަދަދުކަން ވެސް ފާހަގަކޮށްލަން." މަނާލް ވިދާޅުވިއެވެ.

މީގެ އިތުތުން މަނާލް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފަަައިސާ ހޯދުމަށް އެކޮމިޝަންގައި އެސެޓް ރިކަވަރީ އޮފިސަރެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ހަރުދަނާކޮށް އޭަސީސީގެ އެންގުމާއި އެއްގޮތަށް ދައުލަތަށް ގެއްލޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދޭތޯ ކޮމިޝަނުން ބަލާނެ ކަމަށް މަނާލް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު