ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިޔާގެ ޑިފެންސް ސެކްރެޓަރީއާ ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގިރިދާރު އަރްމަނޭ ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ ރާއްޖޭގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އިންޑިއާ -ރާއްޖެ ޑިފެންސް ކޯޕަރޭޝަން ޑައެލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ ޑިފެންސް ކޯޕަރޭޝަން ޑައެލޮގަށް އިންޑިއާއިން ދެއްވާ އެއްބާރުލުމަށް އިންޑިއާގެ ޑިފެންސް ސެކްރެޓަރީއަށް ޝުކުރު ދަންނަވާފައެވެ.



މިނިސްޓަރ މާރިޔާ ވަނީ އިންޑިއާގެ ނޭވީ ޝިޕް އައިއެންއެސް ސާވިތްރީގައި ބޭއްވި ރޭ ބޭއްވި ހާއްސަ ރިސެޕްޝަނެއްގައިވެސް ބައިވެރިވެޑައިގެންފައެވެ.

މި ހަފްލާގައި މިނިސްޓަރ ވަނީ އިންޑިއާއިން ރާއްޖެއަށް އެކި ގޮތްގޮތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު