ރައްޔިތުންނަށް ކަންކަން އޮޅުން އަރާގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒަށް، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެދިވަޑައިގެންފިއެވެ.
އަކްރަމް ކަމާލުއްދީން މިކަމަށް އެދިވަޑައިގެންނެވީ ޒަމާނީ ފެންވަރަކަށް ހަދަމުންދާ އަމީނީ މަގުގެ ވަކި ހިސާބެއްގައި ގާ އެތުރި ސަބަބާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު މުއިއްޒުވެސް އެކަން އެގޮތަށް ކުރެއްވުމާއި ގުޅިގެންނެވެ.
މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުވެސް ގާ އަތުރާ ސަބަބު ނޭނގިގެން އެކަމާއި ވަނީ ސުވާލުކުރައްވާފައެވެ. އަދި އަމީނީ މަގުގައި ގާ އަތުރަނީ ކީއްވެތޯއާއި އެއްބައިގައި ގާ އަތުރާފައި އަނެއް ބައިގައި ތާރު އަޅާ ގޮތަށްތޯ އޮތީ ވިދާޅުވެ މުއިއްޒު ވަނީ ސުވާލު ކުރައްވާފައެވެ.
މުއިއްޒުގެ ސުވާލުތަކަށް ރައްދު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީމަގުގައި ގާއަތުރަނީ ކީއްވެކަން މުއިއްޒަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާނުލުމަށްވެސް އަކްރަމް ވަނީ އެދިވަޑައިގެންފައެވެ.
"މުއިއްޒުއަށް ރަނގަޅަށް އެނގިވަޑައިގަންނަވަަާނެ. އަމީނީމަގުގައި ގާއަތުރަން ނިންމީ ނޫންކަން. އެބައިގެ ބިމުއަޑީގައި ކުރަންޖޭހޭ މަސައްކަތް ނިމި ވެލިއަޅާ އެއްވަރުކޮށްފައިވުމުން އާންމުންގެ ފަސޭހައައްޓަކައި މަގުހުރަސްކޮށް ވެހިކަލް ދުއްވުމައް ގާ އަތުރާލިކަން. ތިހެންނުހައްދަވާ." އަކްރަމް ވިދާޅުވިއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހަދަމުންދާއިރު ސްޓެލްކޯ ކައިރިން އަމީނީމަގުގައި ގާ އަތުރަނީ ވަގުތީގޮތުންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީންވެސް ވަނީ ބުނެފައެވެ.
އާރުޑީސީން ބުނީ އަމީނީ މަގާއި ދޮންއަދަރާދާ ހިނގުން ގުޅޭ ކަންމަތިން މިހާރު ވެހިކަލަށް ދަތުރު ނުކުރެވޭތީ، އެ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯގެ އިމާރާތާއި ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ވަގުތީ ގޮތުން އެ މަގުގައި ގާ އަތުރަން ފަށާފައިވާކަމަށް އާރުޑީސީން ބުނެއެވެ. އާރުޑީސީން ބުނީ އެ ސަރަޙައްދުގައި ތާރުއަޅަން ތައްޔާރުވުމުން ގައުތައް ނަގާނެކަމަށެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.

Ameenee Magu gai gaa athuramun midhanee keevvebaa? Ebbaiga thaaru alhafa anehbaiga gaathuraa gothah plan badhaluveetho? @MoNPHImv @rdcmaldives pic.twitter.com/vPhqPg1hkV
— Dr Mohamed Muizzu (@MMuizzu) March 15, 2023
މުއިއްޒުގެ ސުވާލުތަކަށް ރައްދު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީމަގުގައި ގާއަތުރަނީ ކީއްވެކަން މުއިއްޒަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާނުލުމަށްވެސް އަކްރަމް ވަނީ އެދިވަޑައިގެންފައެވެ.
"މުއިއްޒުއަށް ރަނގަޅަށް އެނގިވަޑައިގަންނަވަަާނެ. އަމީނީމަގުގައި ގާއަތުރަން ނިންމީ ނޫންކަން. އެބައިގެ ބިމުއަޑީގައި ކުރަންޖޭހޭ މަސައްކަތް ނިމި ވެލިއަޅާ އެއްވަރުކޮށްފައިވުމުން އާންމުންގެ ފަސޭހައައްޓަކައި މަގުހުރަސްކޮށް ވެހިކަލް ދުއްވުމައް ގާ އަތުރާލިކަން. ތިހެންނުހައްދަވާ." އަކްރަމް ވިދާޅުވިއެވެ.
މުއިއްޒުއަށް ރަގަޅަށް އެނގިވަޑައި ގަންނަވަަާނެ އަމީނީމަގުގައި ގާއަތުރަން ނިންމީނޫންކަން، އެބައިގެ ބިމުއަޑީގައި ކުރަންޖޭހޭ މަސައްކަތްނިމި ވެލިއަޅާ އެއްވަރުކޮއްފައި ވުމުން އާންމުންގެ ފަސޭހައައްޓަކައި މަގުހުރަސްކޮށް ވެހިކަލް ދުއްވުމައް ގާ އަތުރާލިކަން.ތިހެންނުހައްދަވާ
— Akram Kamaludeen (@Akramkdeen) March 16, 2023
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހަދަމުންދާއިރު ސްޓެލްކޯ ކައިރިން އަމީނީމަގުގައި ގާ އަތުރަނީ ވަގުތީގޮތުންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީންވެސް ވަނީ ބުނެފައެވެ.
އާރުޑީސީން ބުނީ އަމީނީ މަގާއި ދޮންއަދަރާދާ ހިނގުން ގުޅޭ ކަންމަތިން މިހާރު ވެހިކަލަށް ދަތުރު ނުކުރެވޭތީ، އެ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯގެ އިމާރާތާއި ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ވަގުތީ ގޮތުން އެ މަގުގައި ގާ އަތުރަން ފަށާފައިވާކަމަށް އާރުޑީސީން ބުނެއެވެ. އާރުޑީސީން ބުނީ އެ ސަރަޙައްދުގައި ތާރުއަޅަން ތައްޔާރުވުމުން ގައުތައް ނަގާނެކަމަށެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.
ކިޔުންތެރިންގެ ހިޔާލު