މިމަހުގެ މީހާތަނަށް 5 ލައްކައާ ގާތްކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާރޗް 15ގެ ނިޔަލަށް ރާއްޖެއަށް 440،059 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔައަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 355433 ފަތުރުވެރިންނާއި އަޅާބަލާއިރު 23.8 އިންސައްތައިގެ އިތުރުވުމެކެވެ.
މާޗުމަހުގެ އަދަދުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ މާރޗް 15ގެ ނިޔަލަށް 74657 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 89،646 ފަތުރުވެރިންނެެ. އެހެންކަމުން މިއީ 20.1 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ދުވާލަކު އެވްރެޖްކޮށް 5،947 ފަތުރުވެރިން ރާއްޖެއަށް އާދެެެއެވެ. އަދި ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން މިއަހަރު ފަތުރުވެރިން އަންނަމުންދަނީ ރަޝިޔާއިންނެވެ. އެގައުމުން މިހާތަނަށް 54،527 ފަތުރުވެރިން ވަނީ އައިސްފައެވެ. އިންޑިއާ ދެވަނައިގައި އުޅޭއިރު 3 ވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ.
ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު