އަހުމަދު މަސްނޫމް   19 މާރިޗު 2023 - 9:44
ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔައީ 13 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރުދުވަހުގެ ދަންވަރު 1:33 ހާއިރެވެ.

ފުލުހުން ބުނީ، ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ހުޅުމާލެއިން ފެނިފައިވާކަމަށެއެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ބުނެއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު