ރައީސް ސާލިހުގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒުވާނަމަ ރާއްޖޭގެ އިޤްތިޞާދު ދެގުނަވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ޝަރީފް ވިދާޅުވީ ކުރިއަށް އޮތީ ދިވެހިންނަށް މާ އުފާވެރި އަދި މާފަގަތި ދުވަސްތަކެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒުވަމުންދާނަމަ ރާއްޖޭގެ އިޤްތިޞާދުގެ ދުވެލި އަވަސްވެގެންދާނެ ކަމަށެވެ. އަދި އެއާއެކު ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ދެގުނަވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު ރައްޔިތުންގެ ޖީބުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތު އިތުރުވެ، މުސާރަތައްވެސް ބޮޑުވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުރިމަތިވި އިޤްތިސާދީ ހީނަރުކަމުން އަދިވެސް އަރައިނުގަނެވިގެން އުޅޭއިރު، ހަނގުރާމަތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަަށް އުފުލިފައިކަމަށެވެ. ޝަރީފް ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކޮންމެ ކޮންމެ މީހަކަށް ވެރިކަން ދޭން ހެޔޮނުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން