ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި އިންޑިޔާ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ މުއްދަތު އަމުރުގައިވާ ގޮތުގައި އުމުރުން 20 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ، ވެންކަޓަރަމަނާ ޕައްލާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކޮށްފައިވަނީ އިއްޔެއެވެ.

އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ އަކީ ރާއްޖެ ގެނައި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެކެވެ. އެގޮތުން މީނާއާއި އިތުރުބަޔަކު ބައިވެރިވެގެން ހިއުމަން ޓްރެފިކިންގެ ޢަމަލުތަކެއް އިންތިޒާމް ކުރެވިގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާފައިވެއެވެ. އަދި މި މީހުންގެ މިޢަމަލުގެ ޝިކާރައަކަށް އެތައް ބަޔަކު ވަނީ ވެފައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ މީނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނައިރު ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގެ ޓިއާ ދޭކަށް ރާއްޖެ މިހާރުވަނީ ޕްރޮމޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން