އިދިކޮޅު ލީޑަރު އަދި ޕީޕިއެމްގެ ރައީސް، ޔާމިން އަބްދުލްގައްޔޫމްގެ ހިޔަނީގައި ވެރިކަން ހޯދަން އުޅޭ މީހުން އެ ހުވަފެން ދޫކޮށްލުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްޥައިފިއެވެ.
މާލޭ ރަސްފަންނު ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި މާހެފުމެއްގައި ވާހަކަ ދައްކަވަމުން އެކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، އަބުދުއްރަޙީމް ވިދާޅުވީ އެކޯލިޝަނުން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއްގެ ވާހަކަ ދެއްކުމުގެ ބާރު އެހެން އެއްވެސް ޕާޓީއަކަށް ލިބިގެންނުވާ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށާއި 1000 ފަހަރު އެހެން ވިދާޅުވާން ޖެހުނަސް އެހެން ވިދާޅުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ބަދަލު ކުރުމުގެ ވާހަކަ އެއްވެސް ފަރާތަކަށް ނުދެއްކޭނެ ކަމަށާއި އެ ވާހަކަ ދެއްކުމުގެ ޖާގައެއް ވެސް ނޯއްނާނެ ކަމަށެވެ. އަދި ޔާމިނަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަބުދުއްރަހީމް ވިދާޅުވީ ޔާމިންގެ ހިޔަނީގައި ޕީޕިއެމްގެ ސަޕޯޓް ހޯދައިގެން ވެރިކަން ލިބިދާނެ ކަމަށް ބައެއް ސިޔާސީ ލީޑަރުން ދެކެނީ "ހުވަފެނެއް" ކަމަށެވެ. އެހެންކަމުން އެ ހުވަފެން ދެކުން ހުއްޓާލުމަށް އަދުރޭ ގޮވާލެއްވިއެވެ.
"ރައީސް ޔާމިންގެ ހިޔަނީގައި ހިގައިގެން ނުވަތަ ރައީސް ޔާމިންގެ ޕާޓީގެ ސަޕޯޓް ހޯދައިގެން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުންނަށް އެ ހުވަފެން ދެކޭ ބޭފުޅުންނަށް މިއަދު ދަންނަވާލަން ބޭނުންވަނީ ތިޔަ ހުވަފެން ދެކުން ހުއްޓާލައްވާށޭ، ޕީޕިއެމްގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތަކަށް އިރާދަކުރެއްވިޔާ މި އިންތިޚާބު ނޯންނާނެ. އެކެންޑިޑޭޓަކީ ރައީސް ޔާމިން، 1000 ފަހަރު ބުނަންޖެހުނަސް މި ތިބީ ބުނަން ތައްޔާރަށް،" ރަައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަބުދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު މިހާރު އޮތީ "ނިމިފައި" ކަމަށެވެ. އެހެންކަމުން ސަރުކާރު ދިފާއު ކުރަން ނޫޅުމަށް ސަލާމަތީ ބާރުތަކަށް އޭނާ ގޮވާލެއްވިއެވެ.
"މިއީ ނިމިފައި އޮތް ސަރުކާރެއް، އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިއްޖެ، ހަމައެކަނި މިއަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ޔާމިން އަބުދުލްގައްޔޫމް ކުރަށްވަންދެން މަޑުކޮށްލަންޖެހޭ މަޑުކޮށްލުމެއް އިބްރާހިމް މުހައްމަދު ސޯލިހް މަޑުކޮށްލައްވައިގެން އެ ހުންނެވީ." އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ ބައެއް ސަބަބުތައް ހާމަކުރަށްވަމުން އަދުރޭ ވިދާޅުވީ ގައުމުގެ ޒުވާނުންނާއި އަންހެނުން އަދި ދޮށީ އުމުރުފުރައިގެ މީހުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެވޭނީ ޔާމިނަށް ކަމަށެވެ. އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށާއި ބޭރުގެ އަސްކަރިއްޔާތަކަށް ޖާގަ ނުދިނުމަށް އެމަނިކުފާނު، ވެރިކަމަށް ގެންނަންޖެހޭ ކަމަށް ވެސް އަބުދުއްރަޙީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު