ރާއްޖޭގެ އެއްވެސް ކުޅިވަރެއް ބާކީނުކޮށް، ކުޅިވަރަށް އިންގިލާބީ ބަދަލެއް މި ސަރުކާރުން ގެނެސްފައިވާކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ކުޅިވަރު ކުޅުންތެރިންގެ އަގު ވަޒަންކުރުމަށް ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާަނީ އެތްލީޓުންނާއި އެ އެތުލީޓުންނަށް އެހީތެރިވެދޭ ބެލެނިވެރިންކަމަށެވެ.
މަހްލޫފް ވިދާޅުވީ މިދިޔަ އަަހަރަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން އެކި މުބާރާތްތަކުން ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން މަހްލޫފް ފާހަގަކުރެއްވިއެެވެ.
"2022 ވަނަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެއް. ޓީޓީ އަންހެން ޓީމު އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ހޯދީ ބްރޯންޒް މެޑަލް އަދި ރާއްޖެ ކުޅިވަރުގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ. މިދިޔަ އަހަރު ބީޗު ވޮލީ ޓީމު ހޯދީ ރަން މެޑަލްއަކީ މިހާތަނަށް ވޮލީބޯޅައިން ލިބުނު ފުރަތަމަ ރަން މެޑަލް. ބޮޑީ ބިލްޑިންގުގައި ފުަރަތަމަ ރަން މެޑަލްވެސް ހޯދި." މަހްލޫފް ވިދާޅުވއެވެ.
ރާއްޖެއަށް ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ސަރުކާރު ވައުދަކަށްވާއިރު މަހްލޫފް ވިދާޅުވީ މިދިޔަ އަހަރުވެސް ރާއްޖޭގައި 9 ބައިނަލްއަގުވާމީ މުބާރާތް ބޭއްވުނުކަމަށެވެ. އަދި ގިނަ އެސޯސިއޭޝަންތަކަށް ކޯޗުން ހަމަޖައްސައިދިނުމާއި ރާއްޖެއިން ބޭރުން އެތައް ފުރުސަތެއް އެތުލީޓުންނަށް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރެވުނުކަންވެސް މަހްލޫފް ފާހަގަކުރެއްވިއެެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
"5 ކޯޓުގެ ޓެނިސް އެރީނާގެ މަސައްކަތް މިމަހު ފަށާނެ" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ 2023 ވަނަ އަހަރަކީ ކުޅިވަރުގައި ބޮޑު އަހަރެއްކަމަށާއި ގިނަ މުބާރާތްތަކަކަށް ބޮޑެތި އަމާޒުތަކެއް އެބަހުރިކަމަށެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވާަކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދީފައިވާކަމަށް މިއަދު ފަހުރުވެރިކަމާއެކިު ބުނެވޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

President @ibusolih and First Lady Fazna Ahmed attended the @MVSportsAwards 2023 gala night, where he conferred the most prestigious awards. The @MoYSCEmv holds the awards to recognise, encourage, and celebrate the efforts of Maldivian athletes. #MaldivesSportsAwards2023 pic.twitter.com/bbcq1NviTS
— The President's Office (@presidencymv) March 17, 2023
ރާއްޖެއަށް ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ސަރުކާރު ވައުދަކަށްވާއިރު މަހްލޫފް ވިދާޅުވީ މިދިޔަ އަހަރުވެސް ރާއްޖޭގައި 9 ބައިނަލްއަގުވާމީ މުބާރާތް ބޭއްވުނުކަމަށެވެ. އަދި ގިނަ އެސޯސިއޭޝަންތަކަށް ކޯޗުން ހަމަޖައްސައިދިނުމާއި ރާއްޖެއިން ބޭރުން އެތައް ފުރުސަތެއް އެތުލީޓުންނަށް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރެވުނުކަންވެސް މަހްލޫފް ފާހަގަކުރެއްވިއެެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
"5 ކޯޓުގެ ޓެނިސް އެރީނާގެ މަސައްކަތް މިމަހު ފަށާނެ" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ 2023 ވަނަ އަހަރަކީ ކުޅިވަރުގައި ބޮޑު އަހަރެއްކަމަށާއި ގިނަ މުބާރާތްތަކަކަށް ބޮޑެތި އަމާޒުތަކެއް އެބަހުރިކަމަށެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވާަކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދީފައިވާކަމަށް މިއަދު ފަހުރުވެރިކަމާއެކިު ބުނެވޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު