އެޗްޑީސީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މިއަދު ބޭއްވި އާއިލީ ހަވީރަށް ހޫނު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމުގެ މަގްސަދުގައި އެޗްޑީސީން މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި މި ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެން ދިޔަ އާއިލީ ހަވީރެކެވެ.
އެޗްޑީސީން ބުނީ މިއަދު ބޭއްވި އާއިލީ ހަވީރަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާހެފުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށެވެ. އަދި މި މާހެފުމުގައި ކާތަކެތި ތައްޔާރުކުރުމާއި މުޅި މާހެފުން ރާވާ ހިންގުމަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެޗްޑީސީއަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބިގެންދިޔަ ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީން ވަނީ އެކުންފުނިން ހިންގާ މިފަދަ ހުރިހާ ހަރަކާތަކަށް ވެސް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު