އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) ގައި ބައިވެރިވުމަކީ ރާއްޖޭގެ އާގު ބޯޓުފަހަރަށާއި ކުދި އުޅަނދުފަހަރުގައި ބޭނުންކުރާ ކޮމިއުނިކޭޝަން ސިސްޓަމްތަކުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިޔަށް ދިއުމާއެކު ކަމާބެހޭ ތަމްރީނާއި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) ގައި ބައިވެރިވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ 14 މާރިޗު 2023 ގައި އެ އޯގަނައިޒޭޝަނގައި ބައިވެރިވުމަށް ފާސް ކުރައްވާފައެވެ.

އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) އަކީ 1979 ގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ އެހީތެރިކަމާއެކު އައި.އެމް.އޯ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އޯގަނައިޒޭޝަންއެކެވެ. އިމްސޯ އިން ކުރާ މައިގަނޑު މަސައްކަތްތަކަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލް.އާރު.އައި.ޓީ) ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ޖީ.އެމް.ޑީ.އެސް.އެސް އަދި އެލް.އާރު.އައި.ޓީ އަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މުއާހަދާއެއް ކަމަށްވާ ސޯލާސް 1974 އިން އެކަންކަން ކުރުމަށް މި މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކަށް ލާޒިމްކުރާ ކަމެކެވެ. ދިވެހިރާއްޖެއަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އަދި ސޯލާސް 1974 ގައި ބައިވެރިވެފައިވާ ގައުމެކެވެ. އެހެންކަމުން އިމްސޯ ގައި ބައިވެރި ވުމަކީ ލާޒިމްކަމެކެވެ.

ޖީ.އެމް.ޑީ.އެސް.އެސް ނުވަތަ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި އާގުބޯޓެއް އޮވެގެން ހާލުގައި ޖެހުނުކަމުގައި ވީނަމަވެސް އެ އާގު ބޯޓަކަށް ސާޗު އެންޑް ރެސްކިއުގައި އެހީތެރިވުމަށްޓަކައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މުއާހަދާއެއްކަމަށްވާ އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974 ގެ ޗެޕްޓަރ 4 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 1988 ވަނައަހަރު ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް) އިން ގާއިމް ކޮށްފައިވާ ނިޒާމެކެވެ.

މިކަން ރަސްމީކޮށް ފެބްރުވަރީ 1992 ގައި ފެށި ފޭސްތަކަކަށް ބަހާލައިގެން ފެބްރުވަރީ 1999 ވަނަ އަހަރާ ހަމަޔަށް ވަނީ ގެންގޮސް ފުރިހަމަކޮށްފައެވެ. އެހެންކަމުން ސޯލާސް 1974 މުއާހަދާގައި ބައިވެރިވެފައިވާ ހުރިހާ ގައުމުތަކަށް ޝޯބޭސް ފެސިލިޓީސް ގާއިމުކުރުމަށް ވަނީ ކަނޑައެޅި ނިމިފައެވެ. އަދި ޖީ.އެމް.ޑީ.އެސް.އެސް ސެންޓަރެއް 1999 ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ރާއްޖޭގައި ގާއިމްކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން އެސެންޓަރުގެ ޚިދުމަތް ދަނީ ރާއްޖޭގައި ފޯރުކޮށްދެމުންނެވެ.

ރޭޑިއޯ ކޮމިއުނިކޭޝަނަކީ ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ލާޒިމްކުރާ ކަމަކަށްވެފައި ޖީ.އެމް.ޑީ.އެސް.އެސް ގައި ތަފާތު ސަބް ސިސްޓަމްސް ގެ ގޮތުގައި ޓެރެސްޓްރިއަލް އަދި ސެޓެލައިޓް ސަރވިސްތައް ހިމެނިފައިވެއެވެ. ޓެރެސްޓްރިއަލް ސަރވިސްގެ ގޮތުގައި ތަފާތު ފްރިކްއެންސީތައް ބޭނުން ކުރެވެއެވެ.

ރޭޑިއޯ ކޮމިއުނިކޭޝަނަކީ އުޅަނދުފަހަރުން އެއްގަމަށް އަދި އެއްގަމުން އުޅަނދުފަހަރަށް ހާލަތު އެންގުމަށްޓަކައި ނުހަނު ބޮޑަށް ބޭނުން ހިފަމުންދާ ވަސީލަތެކެވެ. މި އޯގަނައިޒޭޝަންގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގައި ގާއިމުކޮށްފައިވާ ޖީ.އެމް.ޑީ.އެސް.އެސް ސެންޓަރަށް ޓެކްނިކަލް އެހީ ލިބިގެން ދާނެއެވެ. އަދި ރާއްޖޭގެ ޖީ.އެމް.ޑީ.އެސް.އެސް ސެންޓަރުގައި ހުންނަން ލާޒިމްކުރާ ރެފަރެންސް ފޮތްތަކާއި މެނުއަލްސްތައް ލިބި ބޭނުންވާ ތަމްރީނުތައް ލިބުމުގެމަގު ފައިވެގެން ދާނެއެވެ.

ލޯންގްރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓެރެކިންގ ސިސްޓަމް (އެލްއާރު.އައި.ޓީ) ޑޭޓާ ސެންޓަރުތަކަކީ ދުނިޔޭގެ ގައުމުތަކުގައި ހިގަމުންދާ ކަނޑު ފޭރުމުގެ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުގެ ސިނާއަތް ހިމާޔަތް ކުރުމަށްޓަކައި އައި.އެމް.އޯ އިން 2002 ވަނަ އަހަރު އާގު ބޯޓުފަހަރުގެ ތެރެއިން 300 ގްރޮސްޓަނަށްވުރެ ބޮޑު އުޅަނދުފަހަރުގައި ހަރުކުރަން ލާޒިމްކޮށްފައިވާ ކަމެކެވެ. އެލް.އާރު.އައި.ޓީ ބޯޓުގައި ހަރުކުރުމުގެ ސަބަބުން 1000 ނޯޓިކަލްމޭލު ދުރުގައި ބޯޓު އޮތްކަމުގައި ވިޔަސް އެ އުޅަނދު ޓްރެކް ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު