ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ގަތަރުގެ ހޯމް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލް ތާނީއާ ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ގަތަރުގެ ހޯމް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލް ތާނީއާ ބައްދަލުކުރައްވާފައިވަނީ މިނިސްޓަރ އިމްރާން މިހާރު ދޯހާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ ދެ ގައުމުގެ ދާހިލީ ވަޒީރުންގެ ބައްދަލުވުމުގައި ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި އެހީތެރިވެ، އެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި މައްސަލަތަކާބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ހޯމް މިނިސްޓަރ އިމްރާން ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގައި ބޭއްވި "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

Minister of Home Affairs Imran Abdullah paid a courtesy call on His Excellency Sheikh Khalifa bin Hamad bin Khalifa Al Thani, Minister of Interior of the State of Qatar, during his ongoing visit to Doha. Ministers discussed areas of mutual interest. pic.twitter.com/J5Rd6bKW1r
— Home Ministry, MV (@HomeMinistrymv) March 16, 2023
ހޯމް މިނިސްޓްރީން ވިދާޅުވީ ދެ ގައުމުގެ ދާހިލީ ވަޒީރުންގެ ބައްދަލުވުމުގައި ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި އެހީތެރިވެ، އެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި މައްސަލަތަކާބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ހޯމް މިނިސްޓަރ އިމްރާން ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގައި ބޭއްވި "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު