އެޗްޑީސީއާއި އެންޑޯ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި އަލަށް "އެންޑޯމާޗް ޑޭ" ފާހަގަކުރަން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމީޓްރިއޯސިސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހު މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ބާއްވައެވެ.
ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ތަހައްމަލުކުރަމުންދާ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި މިއީ މިދުފަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
އެގޮތުން މި އަހަރުގެ އެންޑޯމާޗް ޑޭ ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައި ވަނީ އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. ގައިންގަޔަށް ނާރާ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެޗްޑީސީގެ މި އަހަރުގެ އަމާޒުތައް ތެރޭގައި ހިމެނޭ އެއްކަމެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ޚާއްސަ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ހިނގާލުން ފެށޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުންނެވެ. ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމައް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީން ބުނީ އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެޗްޑީސީ ގުޅިގެން މިފަދަ ހަރަކާތެއް ރާވާ އިންތިޒާމުކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
ރާއްޖޭގައި ވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތިބި އިރު، އަދިވެސް މި ބައްޔާ މެދު އާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި، މި ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވެފައިވާކަމީ ކަންބޮޑުވުމެކެވެ. އެގޮތުން މިފަދަ ބަލި ބައްޔާ މެދު ހޭލުންތެރިވެ މި ބަލި ތަހައްމަލުކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރިވެދިނުމަށް އެޗްޑީސީން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު