ސްކީމްތަކުން މާލީ ގެއްލުންލިބޭ ފަރާތްތަކުން ސީއެމްޑީއޭ އަށް މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން އެދިއްޖެއެވެ.
ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު އެދިފައިވަނީ ރަޖިސްޓަރީނުކޮށް ހިންގާ އެކި ސްކީމްތަކަށް އިންވެސްޓުކޮށްގެން މާލީ ގެއްލުންވާ ފަރާތްތަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށައެޅުމަށެވެ.
ސީއެމްޑީއޭ އިން ބުނެފައިވަނީ ކުރިން އެ އޮތޯރިޓީން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް ސީއެމްޑީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްސަލަތައް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ. އަދި އެފަދަ އިތުރު ސްކީމްތަކުން ގެއްލުމެއް ލިބިފައިވާނަމަ މި މަހު 30 ގެ ކުރިން ޝަކުވާ ހުށައެޅުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.
ސީއެމްޑީއޭ އިން މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް ނަސޭހަތްތެރިވެފައެވެ.
އަދި ސެކިއުރިޓީޒް މުޢާމަލާތްތަކުގައި ޙަރަކާތްތެރިވުމަށް އެ އޮތޯރިޓީން ލައިސަންސްދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި ލިބެން ހުންނާނެކަމަށްވެސް ސީއެމްޑީއޭއިން ބުނެއެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަކީ ހުއްދަ ލިބިފައިވާ ސްކީމެއްތޯ ބެއްލެއްވުމަށްފަހު ނޫނީ އެއްވެސް ފަންޑެއްގައި ނުވަތަ އެއްވެސް ސްކީމެއްގައި ބައިވެރިނުވުމަށްވެސް ސީއެމްޑީއޭއިން އެދިފައި ވެއެވެ.
އެމްއެމްއޭއިންވެސް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު