ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.
ޖުމްހޫރީ ޕާޓީން ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް އޮންނާނެކަމަށެވެ.
ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވާންޖެހޭނެކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި އެ މަޤާމަށް އިތުރު ބޭފުޅަކު ވާދަކުރާނެކަމަކަށް ނުބެލެވެއެވެ. ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނެއްގެ ތެރެއިން އިންތިހާބަށް ނުކުތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވިނަމަވެސް މިހާރު ސުވާލު އުފެދެނީ ޖޭޕީން ކޯލިޝަން ހަދާނެ ބަޔަކާއި މެދުއެވެ.

ކިޔުންތެރިންގެ ހިޔާލު