މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުޞަތުގައި 1500 އަށްވުރެ ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިފަހަރު ސްޓޫޑެންޓް ލޯނަށް ޖުމްލަ 720 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:30 އަށެވެ. މިނިސްޓްރީން ވިދާޅުވީ މުއްދަތު ހަމަވިއިރު، މިނިސްޓްރީގެ ޕޯޓަލަށް ޖުމްލަ 1507 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ.
މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. މީގެއިތުރުން އެފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
މިފަހަރުގެ ލޯނު ސްކީމުގައި ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުޞަތު، ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުޞަތު އަދި މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޫކުރުމަށްވެސް މިފަހަރުގެ ސްކީމުގައި ފުރުޞަތު ލިބިގެންދާނެއެވެ.
ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެހެންނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު