ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލައި ޖީއެސްޓީ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ މި އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. ނިޒާރު ހުށައެޅުއްވި އިސްލާހުގައި ބުނާގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭ އާމްދަނީގެ ލިމިޓް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ހިދުމަތްތަކުން ޓެކްސް ނަގަން ފެށުމާ ގުޅިގެން، ރަޝިޔާ، އިންޑިއާ އަދި ޔޫރަޕްގެ ގައުމުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
ވިޔަފާރިތަކަށް މާލީ އަދި އިދާރީ ގޮތުން ދިމާވާނެ ދަތިތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކުން ޝަކުވާ ހުށަހަޅާފައިވަނިކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތަށްޓަކައި މި ނިންމުން ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ނިޒާރު ހުށައެޅުއްވި އިސްލާހުގައިވާގޮތުން ކުރިން 1 މިލިއަން ރުފިޔާއަށްވުރެ އިތުރުވެގެން ޖީއެސްޓީ ދައްކަމުންދިޔަ އުސޫލަށް މިއަހަރުގެ ނިޔަލަށް އަމަލުކުރުން ނިމުމަކަށް އަންނާނެއެވެ. އަދި ފާއިތުވި ނުވަތަ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ 750،000 ރުފިޔާއަށްވުރެ ކުޑަ ނަމަ، ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުމުގެ ފުރުސަތުވެސް މި އިސްލާހުން ވިޔަފާރިތަކަށް ލިބެއެވެ.
މަޖިލީހުގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މި ބިލު މިހާރު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު