އަފްޣާނިސްތާނުން ހިޖްރަކުރާ އަންހެނުންނަށް ރާއްޖެއިން މަރްޙަބާ ކިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާޢީލް އިބްރާ ގޮވާލައްވައިފިއެވެ.

އިބްރާ މިމޭރުމުން ގޮވާލައްވާފައި މިވަނީ އަފްޣާނިސްތާނުގައި ދިރިއުޅޭ އަންހެނުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުން ދާކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިބްރާ ވިދާޅުވީ އަފްޣާނިސްތާނުން ހިޖުރަކުރުމަށް ބޭނުންވާ އަންހެނުންނަށް ރާއްޖެއިން އެ ފުރުސަތު ހުޅުވާލުމަކީ ރާއްޖެއަށް ގިނަ ގުނަ ފައިދާތަކެއް އެތައް ރޮނގަކުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

“މިކަމުގެ އިޤްތިޞާދީ، އިޖްތިމާޢީ ފައިދާ ރާއްޖެއަށްވެސް ކުރާނެއެވެ.” އިބްރާ ވިދާޅުވެފައިވެއެވެ.



ދާދިފަހުން އދ އިން ވަނީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް އަމާޒުކޮށްގެން ތާލިބާނުން ގެންގުޅޭ ސިޔާސަތުތައް ވަގުތުން ބާތިލް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

އަންހެނުންނާ ދެކޮޅަށް ތާލިބާނުންގެ ސިޔާސަތުތައް ވަރުގަދަކޮށް މިހާރު ވަނީ އަފްޣާނިސްތާނުގެ ސަރުކާރު ނޫން ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާކޮށްފަ އެވެ. ތާލިބާނުން ވަނީ މީގެ ކުރިން އަންހެނުންނަށް ތައުލީމު އުނގެނުމާއި އެކި ވަޒީފާތަކަށް ދިއުމަށް ހުރަސް އަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު