ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިޙަށް އެރުވުމަށް ހުކުރުދުވަހުގެރޭ ބޭއްވި ޖަލްސާއާއި ގުޅުވައިގެން ޑިފެންސް މިނިސްޓަރު އަދި ރައީސް ސޯލިހްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީން ބޭއްވި ޖަލްސާއިން އިދިކޮޅަށް އަދަދު ފެންނާނެ ކަމަށެވެ. ރައީސް ސޯލިހު ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވާނެކަން އިދިކޮޅަށް ޔަގީން ވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.



މީގެ އިތުރުން ވޯޓުލައިގެން ވެރިކަން ނުލިބޭނެކަން ޔަގީން ވުމުން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ހޯދި ގޮތަށް ވެރިކަން ހޯދާނަމޭ ހިތާ އިދިކޮޅުން ތެޅިފޮޅެނީ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެޕާޓީއަށް ތާއިދު ކުރާ އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. މިޖަލްސާގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރާ މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު