ދިވެހިރާއްޖޭގައި ކުށްކުރުމުގެ މައްސަލަތަކާއި މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކި ބާވަތުގެ ކުށްތަކާއި ހާދިސާތަކުގެ ޖުމްލަ 6,198 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ރިޕޯޓުކޮށްފައިވާ 5,757 މައްސަލައާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތް އިންސައްތައިގެ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތަކުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ރިޕޯޓުކޮށްފައިވާ ޖުމްލަ މައްސަލަތަކުގެ 28 އިންސައްތަ ނުވަތަ 1,775 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމުގައިވާއިރު، ދެވަނައަށް އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓުތަކެވެ.
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 1,568 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ މުޅި މައްސަލަތަކުގެ 24 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިނގި 1,531 އެކްސިޑެންޓާ އަޅާބަލާއިރު، މިއަހަރު އެކްސިޑެންޓްތައް ހިނގި މިންވަރު ވަނީ ދެ އިންސައްތަ އިތުރުވެފައެވެ. މަސްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 303 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީގައި 251 ހާދިސާ، މާރިޗުގައި 273 ހާދިސާ، އެޕްރީލްގައި 284 ހާދިސާ، މޭގައި 273 ހާދިސާ އަދި ޖޫން މަހު 256 އެކްސިޑެންޓް ވަނީ ހިނގާފައެވެ.
އެހެނިހެން ކުށްތަކުގެ ތަފާސްހިސާބަށް ނަޒަރު ހިންގާއިރު، މަސްތުވާތަކެތީގެ 1,116 މައްސަލައަކާއި، އެއްޗެހި ގެއްލިގެން ހުށަހަޅާފައިވާ 527 މައްސަލައެއް ފާހަގަކުރެވެއެވެ. މީގެ އިތުރުން މާރާމާރީގެ 339 މައްސަލައަކާއި، މުދަލަށް ގެއްލުންދިނުމުގެ 326 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. ހަމައެހެންމެ، ގެވެށި އަނިޔާގެ 172 މައްސަލައާއި، ޚިޔާނާތުގެ 172 މައްސަލައިގެ އިތުރުން ޖިންސީ ކުށުގެ 131 މައްސަލަ ވެސް ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި ފޭރުމުގެ 81 މައްސަލައަކާއި ފޯޖަރީގެ 23 މައްސަލައެއް ވެސް މި ހިސާބުތަކުގައި ހިމެނެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު