ދިވެހިރާއްޖެއަށް އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުގެ ބާވަތްތަކުން ނަގަމުން އައި ޚާއްޞަ ޑިއުޓީތަކެއް އުނިކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ރަސްމީ ގެޒެޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެ ޤައުމުގެ ކަސްޓަމްސް ޤާނޫނަށް ގެނައި މި އިޞްލާޙުގެ ދަށުން ރާއްޖެއަށް ވިއްކާ ތެލުން 'ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ' އާއި 'ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް' ވަނީ މުޅިން މާފުކޮށްދީފައެވެ. އިންޑިއާއިން މިފަދަ ލުއިތަކެއް ދިނުމަށް ނިންމީ އަވައްޓެރި ޤައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވާ މާލީ ބުރަ ކުޑަކޮށްދިނުމުގެ މަޤުޞަދުގައެވެ.
މީގެ ކުރިން އިންޑިއާއިން މިފަދަ ލުއިތައް ދެމުން އައީ ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނަށެވެ. ނަމަވެސް އަލަށް ގެނެވުނު މި ބަދަލާއެކު، ޑިއުޓީ މާފުކުރެވޭ ޚާއްޞަ ލިސްޓަށް މިހާރު ރާއްޖެ ވެސް ވަނީ އިތުރުކޮށްފައެވެ.
ރާއްޖެއަށް ބޭނުންވާ ތެޔޮ އާންމުކޮށް އެތެރެކުރަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ އާއި އޮމާން ފާހަގަކޮށްލެވޭއިރު، މެލޭޝިއާ އަދި ސިންގަޕޫރުން ވެސް ގިނަ އަދަދަކަށް ތެޔޮ އެތެރެކުރެއެވެ. ނަމަވެސް، ދުނިޔޭގެ މަޝްރަޙަށް އަންނަ ބަދަލުތަކާއި، ޚާއްޞަކޮށް ޚުރުމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން މުދާ އުފުލުމަށް ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން، ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތެއްގައި ތެޔޮ ހޯދުމަށް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދާދި ފަހުން ވަނީ އިންޑިއާ އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު