މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނުން ފާސްވީ 68 އިންސައްތަ މީހުން ކަމަށް ބާ ކައުންސިލުން ހާމަކޮށްފިއެވެ.

ބާ ކައުންސިލުން ބުނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްޓަކައި ހަދަންޖެހޭ ބާ އިމްތިހާނުގައި ބައިވެރިވި 176 މީހުންގެ ތެރެއިން 68 އިންސައްތަ ފާސްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވި ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވި މީހުން ހޯދި އެވްރެޖް ނަތީޖާއަކީ 66 އިންސައްތައެވެ. އެ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 18 މީހަކު ވަނީ ޓޮޕް އެޗީވާސް ލިސްޓުގައި ހިމެނިފަ އެވެ.

މި އިމްތިޙާން ފުރިހަމަކުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ އާއި ވިލާ ކޮލެޖާއި އަދި ޔުނިވާސިޓީ އޮފް ލަންޑަންގެ ދަރިވަރުންނެވެ.

ބާ އިމްތިހާން ކުރިއަށް ގެންދިޔައީ ދެ ސެޝަނަކަށް ބަހާލައިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލެ އަދި އައްޑޫ ސިޓީގަ އެވެ. ޔޫއެސްއެއިޑް، އޭބީއޭ، ކެޕްލާން އަދި އެންސީބީއީގެ އެހީތެރިކަމާއެކު ބޭއްވި އިމްތިހާނަކީ މަލްޓިޕްލް-ޗޮއިސް ފޯމެޓަށް 120 ސުވާލު ހިމެނޭ އިމްތިހާނެކެވެ.

އިނގިރޭސި އަދި ދިވެހި ބަހުން ފަރުމާކޮށްފައިވާ ބާ އިމްތިހާނުގައި ހިމެނިފައިވާ މާއްދާތަކަކީ ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، އަދި މޯލްޑިވްސް ލީގަލް ސިސްޓަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން