ރެއާލް ބެޓިސްގެ ކޯޗްކަމުން ރުބީ ވަކިކޮށް ވަގުތީ ކޯޗަކަށް އެކުލަބުގެ ކުރީގެ ކެޕްޓަން އެލެކްސިސް ޓްރިހީލިއޯ ހަމަޖައްސައިފި އެވެ.
ރުބީ މަގާމުން ވަކި ކުރިކަން އިއުލާނުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެތްލެޓިކޯ ބިލްބާއޯ އަތުން 1-0 ގެ ނަތީޖާ އަކުން ބެޓިސް ބަލިވި މެޗަށްފަހުގައެވެ.
ބެޓިސްގައި ކުޅުނު ދުވަސްވަރު އެޓީމަށް ގާތްގަނޑަކަށް 300 އާއި ގާތް ކުރާ އަދަދަކަށް މެޗު ކުޅެފައިވާ، ޓްރިހީލިއޯ ވަނީ މީގެ ކުރިންވެސް ބެޓިސްގެ ވަގުތީ ކޯޗެއްގެ ޒިންމާ އަދާކޮށްފަ އެވެ.
ކޯވިޑް-19 އަށް ފަހު، ސްޕެނިޝް ލީގުގައި ބެޓިސް އިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އަދި މިފަހުން އެޓީމު ކުޅުނު 11 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވި އިރު އެ ޓީމު އޮތީ ލަލީގާގެ ތާވަލުގެ 14 ވަނައިގަ އެވެ. ބެޓިސް އަށް މި ސީޒަންގައި ދެން ބާކީ އޮތީ އަށް މެޗެވެ.
މިދިޔަ ސީޒަންގައި އެސްޕަންޔޯލްގެ ޓީމުގެ ކޯޗުކަމުގެ މަގާމު އަދާކުރި ރުބީ، ބެޓިސްގެ ކޯޗް ކަމާ ހަވާލުވީ މި ސީޒަން ފެށުމުގެ ކުރިން މިދިޔަ އަހަރު ޖޫން މަހު އެވެ. އޭނާ ވަނީ އެސްޕަންޔޯލް އަށް މިދިޔަ ސީޒަނުގައި ލަލީގާގެ ހަތް ވަނަ މަގާމު ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު