ޖަމިއްޔަތުއް ޞަލަފްގެ ޗީފް މާކެޓިން އޮފިސަރ ޢަލީ ރަމީޒް ބިން ޤާސިމަކީ ދީނީ ނަސޭޙަތްދެއްވާ ބޭފުޅެއްނޫން ކަމަށާއި އެއީ ދީނީ ޕްރޮގްރާމުތައް ހުށަހަޅައިދޭ ހުށަހެޅުންތެރިއެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވަނީ އަލީ ރަމީޒަކީ އިސްލާމިކް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށް އެ މިނިސްޓްރީ ހާމަކުރުމާގުޅިގެންނެވެ.

އެކަމާ ގުޅިގެން ޑރ. ޢަލީ ޒާހިރު ވިދާޅުވީ ދީނީ ޕްރޮގްރާމުތައް ހުށަހެޅުމާއި ދީނީ ނަސޭހަތް ދިނުމަކީ ދެކަމެއް ކަމަށެވެ. އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބޭނުންވާނީ އެކަން ކުރާމީހުންނަށް ކަމަށްވެސް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

“ޢަލީ ރަމީޒަކީ ދީނީ ނަސޭހަތް ދެއްވާ ބޭފުޅެއް ނޫން.” ޑރ. ޢަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

އަލީ ރަމީޒަކީ ދީނީ މައުލޫމާތު ފެތުރުމުގެ ހުއްދަ އޮތް, ޝޭހެއްކަމަށް ހީކޮށް ބައެއް ރަށްރަށުން އޭނާ ދީނީ ދަރުސްތަކަށް ގެންދާތީ, އޭނާގެ ހުއްދައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ފޯމަށް ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމުގައި އަމަލުކުރަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުުގެ ގަވާއިދަށް ކަމަށެވެ.

އޭގެ އިތުރުން އަލީ ރަމީޒަކީ އިސްލާމިކް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީގެ ސިޓީގައި ވަނީ ބުނެފައެވެ.

2011 ގައި އަމަލު ކުރަންފެށި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގައިވާ ގޮތުން ހުއްދަނެތި ދީނީ ދަރުސް ދިނުމާއި ދީނީ މައުލޫމާތު ފެތުރުމަކީ މަނާކަމެކެވެ.

އަލީ ރަމީޒަކީ ޖަމިއްޔަތުއްސަލަފުގެ މާކެޓިންގ އޮފިސަރުގެ އިތުރުން ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަޒރާ

18-Nov-2022

ޢަލީ ރަމީޒް ދީނީ ދަރުސް ދެއްވީ ކޮންއިރަކުތަ? ބްރާންތިންވސް އުޅޭދޯ



ޓްރެންޑިން