އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހިމަނާފައިވަނީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސް ކޮށްފައި ވަނީ 36.9 ބިލިއަންގެ ބަޖެޓެއް ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް 5.8 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށްވާ ފައިސާ ހިމެނުމުން މިއަހަރުގެ ބަޖެޓުގެ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މައްސަލައަކީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންނާ ފައިސާ ހިމެނުން ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއީ ގާނޫނުތަކުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފު ހުށައެޅުމެއް ކަމަށެވެ.

ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ޖެހޭނީ އެ ބަޖެޓު ބޭނުންވާ ދުވަހުގެ މަސް ދުވަސް ކުރިން ކަމަށާއި އަދި އެ ބަޖެޓު ކުރިން މަޖިލީހުން ފާސްވެސް ކުރަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރުން ފަސޭހަކޮށްލައިގެން ކަންކަން ނިންމުމުން މަޖިލިީހުގެ ގަދަރާއި ކަރާމަތާއި އިއްޒަތަށް ވެސް އުނިކަން ލިބޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން