މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އެލަރޓް ނެރެފައިވަނީ މިރޭ 8:45ން ފެށިގެން ދަންވަރު 1:30އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ، އެ ވަގުތުގެ ތެރޭގައި މާލެ އަތޮޅުން ފެށިގެން އައްޑު ސިޓީއާ ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ އިދާރާއިން ބުނީ، ރާއްޖޭގެ ކަނޑުތައް ވެސް މި ދުވަސްވަރު ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް، ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު