މިމަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުހެއް ހުޅުމާލޭގައި ބޭއްވުމަށް އެޗްޑީސީއާއެކު އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.
އެޗްޑީސީއާއި އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ މިމަހުގެ 31 ވަނަ ދުވަހު މި ދަރުސް ހުޅުމާލޭގައި ބޭއްވުމަށެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ފުރަތަމަ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މާލޭ ކާނިވާ ސަރަޙައްދުގައެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ.

We have signed an MOU with @MVIaffairs to organize a religious lecture (Dharus) by the well-known scholar @muftimenk at Hulhumalè.#MyHulhumalè pic.twitter.com/QY0fJ0BKG9
— HDC (@hdcmaldives) October 10, 2022
މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ފުރަތަމަ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މާލޭ ކާނިވާ ސަރަޙައްދުގައެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ހިޔާލު