ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމުގެ އިތުރުން ދެ މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ބިނާ ކުރުމަށް ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީން މިހާރުވެސް އެކި ކޯސްތައް ހިންގަމުންދާކަމަށެވެ. ނަމަވެސް ރިސޯޓް މެނޭޖްމެންޓް ދާއިރާއިން މީހުން ތަމްރީނު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
"އެކައުންޓިން ސްކޮލަޝިޕްތަކެއް އަޅުގަނޑުމެން މިދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް. އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަންބޭނުންވަނީ ކޮންދާއިރާއަކުންތޯއާއި އެމީހުން ސެޓިފައި ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށްދޭން." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށް އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިސޯޓު މެނޭޖްމެންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށްފަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.

Minister Dr. Ibrahim Hassan held discussions with the Tourism Minister Dr. Abdullah Mausoom today on human resource development programs for the tourism sector, with a special emphasis on training locals for managerial positions. @Mausoom_Maus @MoTmv pic.twitter.com/8miMwdF7a2
— Ministry of Higher Education (@MoHEmv) October 10, 2022
"އެކައުންޓިން ސްކޮލަޝިޕްތަކެއް އަޅުގަނޑުމެން މިދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް. އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަންބޭނުންވަނީ ކޮންދާއިރާއަކުންތޯއާއި އެމީހުން ސެޓިފައި ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށްދޭން." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށް އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިސޯޓު މެނޭޖްމެންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށްފަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު