ޒަހީނުއްދީން ސަޢީދު   10 އޮކްޓޯބަރު 2022 - 3:56
ސިވިލް ސާވިސް ކޮމިޝަނަށް ބަޔަކު ވަދެ އެތަން ފަޅާލައި ވައްކަންކޮށްފިއެވެެ.

މަޖިދީމަގުގައި ހުންނަ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ހިންގި އިމާރާތުގައި ހިންގަމުންދާ ސިވިލް ސާވިސް ކޮމިޝަނަށް ވަގުންގެ ބަޔަކު ވަދެފައިވަނީ އާދިއްތަ ވިލޭރޭގެ ވަގުތެއްގައެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ ސިވިލް ސާވިސް ކޮމިޝަންގެ ތެރޭގައި މިއަދު ހެނދުނު ފުލުހުންގެ ޓީމެއް ހަރަކާތްތެރިވެފައިވާ ކަމަށާއި ބެލެވޭގޮތުން ފުލުހުން ހަރަކާތްތެރިވީ ވައްކަމެއް ހިނގައިގެން ކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ ތެރޭގައި ފުލުހުންގެ ފޮރެންސިކް ޓީމަކުން ހަރަކާތްތެރިވި ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

އެނގިފައިވާގޮތުގައި ވަގުން ސިވިލް ސާވިސް ކޮމިޝަންގެ އެކި ފްލޯތަކަށް ވަދެ މޭޒުތަކާއި ކަބަޑުތަކާއި އެއްޗެހި ވަރަށް ބޮޑަށް ވަނީ ހާވާފައެވެ. އެހެން ނަމަވެސް ވަގަށް ގެންދިޔައީ ކޮން އެއްޗެެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެެއް ހޯދުމަށް ކުރި މަސައްކަތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ. ސީއެސްސީ ފަޅާލައި ވައްކަންކޮށްފައިވާއިރު މީގެ ކުރިން ވެސް އެތަނަށް ވަގުން ވަދެ ވަނީ ވައްކަންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން