ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި މީހަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، އިއްޔެގެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ލޯންޗު ފުރީ މާލޭގެ ކުރީގެ ކުނިކޮއްޓާއި ދިމާއިން ކަމަށާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދުވަނީ ފެނިފައިވާކަމަށާއި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިންވަނީ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. އަދި ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު