ހުޅުމާލޭގައި 4 މަޝްރޫއެއްގެ މަސައްކަތް ކުރުމަށް 4 ފަރާތަކާއިއެކު ސޮއިކޮށްފިއެވެ.
މިއަދު ސޮއިކުރި މަޝްރޫޢުތަކަކީ ވަރކަރސް ބިލްޑިންގް، އޮޓޯ ސެންޓަރ، ޕާރކިން ބިލްޑިންގ އަދި ޑޭކެއަރ ސެންޓަރގެ މަސައްކަތެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އި ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަނާއި، ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ) އާއެވެ.
އެއްބަސްވުންތަކުގެ ތަފްސީލް:-
1- ވަރކަރސް ބިލްޑިންގް
އެޗްޑީސީން ތަރައްޤީކުރާ ވަރކަރސް ބިލްޑިންގްއަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެނެވޭ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ފެށިގެންދާ މަޝްރޫއުއެކެވެ. އެޗްޑީސީގެ ވަރކަރސް ބިލްޑިންގް ފަރުމާކުރެވިފައިވަނީ 7000 ލޭބަރުންނާއި 2000 ހޮސްޕިޓަލިޓީ ސްޓާފުން އެކޮމޮޑޭޓް ކުރެވޭ 18 ބްލޮކް ހިމަނައިގެންނެވެ. މީގެ ކޮންމެ ބްލޮކެއްގައި 4 އަދި 6 މީހުންގެ ޖާގައިގެ ކޮޓަރިތަކާއި، ފާހަނާބަރިއަކާއި، ނަމާދުގެ އަދި ފިހާރަ ހިމެނެއެވެ. މި ބިލްޑިންގްގައި ކިޗަން އަދި މެސް ހޯލު އެކަމަށް ހާއްސަކުރެވިފައިވާ ފުލޯތަކުގައި ހުންނާނެއެވެ. އަދި ބަދިގެ، ބޭކަރީ ފުޑް ސްޓޯރޭޖާއި މޭސްރޫމްތައްވެސް މި ބްލޮކްގައި ހިމެނެއެވެ.
މި ބިލްޑިންގްގެ އޮފީސްތައް 5 ފުލޯއެއްގައި ވަކިވަކިން ހުންނާނެއެވެ. އަދި މިތަނުގައި ސެކިއުރިޓީ ރޫމާއި ކޮންފެރެންސް ހޯލް އަދި މެޑިކަލް ރޫމް ހިމެނެއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 14 މަސްދުވަސްތެރޭ ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރ ޗިން ޝެންގްވޫއެވެ.
2-އޮޓޯ ސެންޓަރ
މާލޭގައި މިހާރު ހިންގާ ގަރާޖުތަކަކީ ކުޑަ ތަންތަނުގައި، އާއްމު ރައްޔިތުންގެ ގެތަކުގައި ހިންގޭ ގަރާޖުތަކެކެވެ. މި ތަންތަނުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންފަދަ މަސައްކަތްތައް ކުރިޔަށް ދާތީ، މިފަދަ ކަންތައްތަކަކީ އާއްމުން ދިރިއުޅޭ ތަންތަނުގައި ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެޗްޑީސީއިން އިސްނަގައިގެން އޮޓޯ ސެންޓަރެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މި އޮޓޯ ސެންޓަރަކީ ބޭސްމަންޓާއިއެކު 5 ބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގައި 7 ސަރވިސް ލިފްޓް ހުންނާއެވެ. އަދި ގަރާޖުތަކަށް މި އިމާރާތުން ތަނަވަސް ޖާގަ ލިބިގެންދާނެއެވެ. އެޗްޑީސީގެ ސަސްޓެއިނެބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭފެން ހާރވެސްޓް ކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ ސޯލާ ޕަވަރ މި އިމާރާތުގައި ބޭނުންކުރުމުގެ އިތުރުން ކަރަންޓް ކާރުތަކަށް ހާއްސަ ޗާޖިންގ ސްޓޭޝަން ވެސް ހުންނާނެއެވެ. އަދި ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިންގް ފަރުމާކުރެވިފައި ހުރުމުން ހަކަތަ ބޭނުންވާވަރު މި ބިލްޑިންގްގައި ދަށްވާނެއެވެ. މި އިމާރާތުގައި ވޭސްޓް ވޯޓަރ ޓްރީޓްކުރެވި ރިސައިކަލް ކުރެވި ވޭސްޓް ތަރުތީބު އުސޫލުން ސޯރޓްކުރެވި ރައްކާތެރިކަމާއި އެކު ޑިސްޕޯސް ކުރެވޭނެއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަސްތެރޭ ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ޗައިނާ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޖަންގް ޓާއޯއެވެ.
3- ޕާރކިން ބިލްޑިންގ
މާލެ ސަރަހައްދުގައި ވެހިކަލް ޕާކްކުރާނެ ޖާގަ އަދި ހަރުދަނާ އުސޫލުތައް ނެތުމަކީ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާއެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދަމާސްގެ އިސްނެގުމުގެ މަތިން ޕާރކިންގ ބިލްޑިންގްއެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި 24،700 އަކަފޫޓުގެ ޖާގައިގެ ޕާރކިންގް ބިލްޑިންގްގައި 6 ފުލޯ، ބޭސްމެންޓް ޕާކިންއާއިއެކު ހާއްސަ ކުރެވިފައިވަނީ ވެހިކަލް ޕާކްކުރުމަށެވެ. އަދި އިމާރާތުގެ ޓެރެސްގައި އަވިން ހަކަތަ ޖެނެރޭޓްކުރުމަށް ސޯލާ ޕެނެލް ހަރުކުރެވިފައި ހުރުމުގެ އިތުރުން ފުޑްކޯޓެއްވެސް މި ސަރަހައްދުގައި ހިމެނިގެންދާނެއެވެ. އަދި 2 ފުލޯއެއް ކޮމާރޝަލް ބޭނުންތަކަށް ހާއްސަ ކުރެވިފައިވާއިރު މިތަނުގައި ފިހާރަތަކާއި ފާހަނާތައް ހުންނާނެއެވެ.
މި ބިލްޑިންގުން ވެލޭ ޕާކިންގްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ ޕާކިންގ ހިދުމަތް މި ބިލްޑިންގްގައި ހިމެނިފައިވެއެވެ. ދަމާސްގެ މި މަޝްރޫއުގެ ސަބަބުން ރައްޔިތުން އެދޭ އަދި ސަރުކާރުން މާލެ ސަރަހައްދުގައި ހައްލުކުރުމަށް ބޭނުންވާ ޕާކިންގްގެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަސްތެރޭ ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސާލިހެވެ.
4- ޑޭކެއަރ ސެންޓަރ
ހުޅުމާލެގައި މީހުން ވަޒަންވެރިވެގެންދާއިރު ވަޒީފާ އަދާކުރަމުން އަންނަ ދެމަފިރިންގެ އާއިލާތައް ވަރަށް ގިނައެވެ. މިގޮތަށް ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަރިންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމުގެ މަޤްސަދުގައި އޭބީއޭ އާއި ގުޅިގެން ޑޭކެއަރ ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. އޭބީއޭއަކީ ރާއްޖޭގައި އިންޝުއަރެންސް ބްރޯކިންގް ހިދުމަތް ދިނުމުގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ އާ ރިއަލް އެސްޓޭޓް ވެންޗަރ، ހުޅުމާލެ ޑޭކެއަރ ސެންޓަރަކީ މިވަގުތު ހުޅުމާލެއަށް ވަރަށް މުހިއްމު މަޝްރޫއެކެވެ. މި ސެންޓަރަކީ 3000 އަކަފޫޓުގެ ޖާގައިގެ 6 ބުރީގެ އިމާރާތެކެވެ. މި ސެންޓަރުން ޒަމާނީ ޑޭކެއަރގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ހާއްސަ ކްލިނިކްތައްވެސް މި ސެންޓަރުގައި ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 21-24 މަސްދުވަސްތެރޭ ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި އޭބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ގާސިމެވެ.
ހުޅުމާލެއަށް އެކުލަވާލެވިފައިވާ ހާއްސަ މާސްޓަރޕްލޭންގެ ދަށުން، ރާއްޖޭގެ ރައްޔިތުންނަށާއި މުޖުތަމައަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިއަދު ސޮއި ކުރެވުނު މަޝްރޫއުތަކަކީވެސް ރައްޔިތުންނަށް މުޖުތަމައުގައި ކުރިމަތިލާންޖެހޭ ގިނަ މައްސަލަތަކަށް ހެޔޮ ބަދަލުތައް ގެނެސްދޭނެ މަޝްރޫއުތަކަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު