ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ‏ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓަރ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާއެެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެެއް ކަމަށެވެ. ޖުމުލަ 253،990،863 ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއު ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓަރ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާއި ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގައި 200 ހައުސިން ޔުނިޓް ހިމެނޭއިރު ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ ކަމަށެވެެ. އެގޮތުން ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރި، ތިން ފާހާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ. އަދި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭގަ މާހައުލެއް ގާއިމުކުރުުމަށް ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެ ކަމަށާއި، އަދި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ގާއިމު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެެވެ.



ކިޔުންތެރިންގެ ހިޔާލު