މިފްކޯއަށް 57.15 ޓަނުގެ މަސް ކިރުވައިގެން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް ގދ.މަޑަވެލީ ޓީއެސް ލައިން ދޯނިން އިއްޔެ އައުކޮށްފި އެވެ.

މަޑަވެލީ ޓީއެސް ލައިން ދޯނިން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވަނީ، އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ކިރުވާފައެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަމަސް މިފްކޯއަށް ކިރުވުމުގެ ރެކޯޑެވެ. އެ ރެކޯޑް އައު ކޮށްފައިވެސް މިވަނީ ހަމަ އެ ދޯނިންނެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ އިއްޔެ މަހަށް ނުކުތް ޓީއެސް ލައިން ދޯނިން 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެރިކަމުގެ ރިކޯޑެއް ހަދާފައިވާ ކަމަށެވެ.

ޓީއެސް ލައިން ދޯނިން ކިރުވި މަހަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާއެވެ.



ޓީއެސް ލައިން ދޯންޏަކީ މިދިޔަ އަހަރު ވެސް މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރުވި ދޯންޏެވެ. އެއީ 1095.805 ޓަނުގެ މަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން