ކެޔޮދޫ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކެޔޮދޫ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާއެެވެ.
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވ.ކެޔޮދޫގައި ޒަމާނުއްސުރެ އޮތް އަޑިގުޑަން ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ސަރުކާރުން ތަރައްގީކޮށް ނިންމާލާފައިވާކަމަށެވެ.
މަހްލޫފް ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ ފެންސުގެ މަސައްކަތް ކައުންސިލާއި ހަވާލުކޮށްފައި އޮންނަތާ 1 އަހަރުވެއްޖެކަމަށާއި އެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މަހްލޫފް ވިދާޅުވީ އާބާދީ ކުޑަ ކެޔޮދޫގައި ތަރައްގީކުރި ޒަމާނީ ދަނޑަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނެ ކަމުގެ މިސާލެއްކަމަށެވެ.
ކެޔޮދޫގެ އިތުރުންވެސް ސަރުކާރުން ގެންދަވަނީ ޒަމާނީ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުތައް އެކި ރަށްރަށުގައި ތަރައްގީކުރަމުންނެވެ. ފުޓްބޯޅަ ކުޅޭނެ ތަންތަނުގެ އިތުރުން، އެހެން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައްވެސް ސަރުކާރުން ގެންދަވަނީ ހަމަޖައްސަވަމުންކަން ފާހަގަކޮށްލެވެއެވެ.

ވ.ކެޔޮދޫގައި ޒަމާނުއްސުރެ އޮތް އަޑިގުޑަން ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ސަރުކާރުން ތަރައްގީކޮށް ނިންމިއްޖެ.ލަސްވީތީ މާފް.
— Ahmed Mahloof (@AhmedMahloof) September 22, 2022
ފެންސުގެ މަސައްކަތް ކައުންސިލް އާއި ހަވާލުކޮށްފައި އޮންނަތާ 1 އަހަރު،އަވަސްކޮށްދެއްވުންއެދެން.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނެ ކަމުގެ މިސާލެއް. pic.twitter.com/UIxCxP9317
މަހްލޫފް ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ ފެންސުގެ މަސައްކަތް ކައުންސިލާއި ހަވާލުކޮށްފައި އޮންނަތާ 1 އަހަރުވެއްޖެކަމަށާއި އެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މަހްލޫފް ވިދާޅުވީ އާބާދީ ކުޑަ ކެޔޮދޫގައި ތަރައްގީކުރި ޒަމާނީ ދަނޑަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނެ ކަމުގެ މިސާލެއްކަމަށެވެ.
ކެޔޮދޫގެ އިތުރުންވެސް ސަރުކާރުން ގެންދަވަނީ ޒަމާނީ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުތައް އެކި ރަށްރަށުގައި ތަރައްގީކުރަމުންނެވެ. ފުޓްބޯޅަ ކުޅޭނެ ތަންތަނުގެ އިތުރުން، އެހެން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައްވެސް ސަރުކާރުން ގެންދަވަނީ ހަމަޖައްސަވަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު